މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތައް:

  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުން

  • ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުން

  • އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުން

  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައަޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުން

  • ޕެންޝަނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން

Icon: ތަސައްވުރު
ތަސައްވުރު

ޕެންޝަނުގެ ރައްކާތެރިކަމާއި ހަމަޖެހުން މުސްތަޤްބަލަށް ކަށަވަރުކޮށްދިނުން

Icon: އަމާޒު
އަމާޒު

ޕެންޝަން ނިޒާމުގެ ދެމެހެއްޓެނިވިކަމާއި މަޤުބޫލުކަން އިތުރުކުރުން

މިގޮތުން އަޅުގަނޑުމެން މަސައްކަތް ކުރާނީ:

  • މުސްތަޤުބަލުގައި ޕެންޝަން ފޯރުކޮށްދިނުމުގައި އިންސާފުވެރިކަމާއި ، ޖީލުތަކުގެ ހަމަހަމަކަން ޤާއިމުކުރުމަށް، އާމްދަނީ ހޯދުމާއި، ފަހަށް ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކަށް ދުރާލައި މީހުން އަހުލުވެރިކުރުވުން

  • ނިންމުންތައް ނިންމުމަށް ބޭނުންވާ އިތުބާރުހުރި މައުލޫމާތާއި ޒަމާނީ ޑޭޓާ އެނަލިޓިކްސް ފޯރުކޮށްދިނުން

  • މުވާސަލާތާއި، މަޝްވަރާއާއި، އުނގަންނައިދިނުމާއި، ޕެންޝަން ނިޒާމު ހިންގާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން އިތުރުކޮށްގެން ޕެންޝަން ނިޒާމުގެ އިތުބާރު އިތުރުކުރުން

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ރައްޔިތުންނާއި ގައުމުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ފަޚުރުވެރިކަމާއެކު ޕެންޝަން ނިޒާމުގައި ބައިވެރިވުމުގެ މަގުފަހިވާނެއެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store