ސްޕޮންސަރކުރުމާއި އެހީދިނުން
ސްޕޮންސަރ ކުރުމާއި އެހީ ދިނުމުގައި ޕެންޝަން އޮފީހުގެ މަޤްޞަދަކީ އިޖްތިމާޢީ ރައްކާތެރިކަމާއި، މުޅި މުޖުތަމަޢުގެ ފައިދާއާއި ދުޅަހެޔޮކަމާ ގުޅުންހުރި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
އަޅުގަނޑުމެން އެހީ ފޯރުކޮށްދޭ ދާއިރާތައް:
އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ޞިއްޙަތު
މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ޞިއްޙަތު
މާލީ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް
ތިމާވެއްޓާ ގުޅުން ހުރި ޕްރޮގްރާމްތައް
ސްޕޮންސަރ ކުރުމަށާއި އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތައް:
ދިވެހިރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތައް (ސަރުކާރު، އަމިއްލަ)
ގަވާއިދުން އެކި އެކި ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށްގެންދާ ޖަމްޢިއްޔާ ޖަމާޢަތްތައް
ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތައް ހުށަހަޅުއްވާ:
ޕްރޮޕޯސަލް (އީމެއިލުން ނުވަތަ ސިޓީއަކާއެކު) ފޮނުއްވާނީ info@pension.gov.mv އަށް (ހިންގަވަން ބޭނުންވާ ޙަރަކާތް/ޕްރޮގްރާމް ފަށާ ތާރީީޚުގެ އެންމެ މަދުވެގެން 3 ހަފްތާ ކުރިން ޕްރޮޕޯޒަލް ފޮނުއްވަން ވާނެ)
އެހީތެރިކަމަށް އެދޭ ޙަރަކާތް/ޕްރޮގްރާމާ ގުޅުންހުރި ލިޔުންތައް
ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ފްރޮޕޯޒަލާ ގުޅޭ ގޮތުން ނިންމި ނިންމުން ޙިއްޞާކުރާނެ.