މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް)ގެ މެންބަރުން ގެދޮރުގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރު.އެސް.އޭ) އަށް ޖަމާކުރެވިފައިވާ ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ ފުރުސަތު އޮވެއެވެ. މި ޚިދުމަތުގެ ބޭނުމަކީ ހައުސިން ފައިނޭންސް ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް އެމް.އާރު.ޕީ.އެސްގެ މެންބަރުންނަށް ގެދޮރުގަތުމަށް ބޭނުންވާ ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މިއީ ގެދޮރުގަތުމަށް މާލީ ޚިދުމަތްދޭ ފަރާތަކުން ލޯނު ހޯދުމަށް އެދޭ މެންބަރުން އެފަދަ ލޯނެއްގެ ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓް ދެއްކުމުގެ ބަދަލުގައި އެމެންބަރެއްގެ ޕެންޝަނަށް ޖަމާކުރެވިފައިވާ ފައިސާ ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓައިގެން ލޯން ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.

ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ބައެއް ގެދޮރުވެރިކަމަށް ދޫކުރުމުގެ ބަދަލުގައި މި ޚިދުމަތް މިގޮތަށް ފަރުމާ ކުރުމުގެ ބޭނުމަކީ ޚިދުމަތް ބޭނުންކުރާ މެންބަރުންނަށް ރިޓަޔަރމަންޓަށްފަހު އެކަށޭނަ ޕެންޝަނެއް ފޯރުކޮށްދިނުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ދެވޭ ޚިދުމަތަކަށް ހެދުމެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store