Media cover image

11-06-2024

އިސްރަށްވެހިންގެ ހައްގުތަށް ރައްކާތެރިކޮށް، އިސްރަށްވެހިންނަށް ގަދަރުވެރިކަމާއެކު، ދުޅަހެޔޮ ސިއްހަތެެއްގައި ހަރަކާތްތެރިވެއުޅުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމުގެ ގޮތުން ޕެންޝަން އޮފީހުން އެޖަމުއިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޕެންޝަން އޮފީހުން އިސްރަށްވެހިންގެ ޖަމުއިއްޔާގެ އިދާރީ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް އަޙްމަދު ޢަލީ މަނިކެވެ.