Media cover image

28-03-2024

އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އައިއެސްއެސްއޭ) ގެ ދެ ޓެކްނިކަލް ކޮމިޝަނެއްގެ ވައިސް ޗެއާޕާސަނުންގެ މަގާމަށް, ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އާއި ސީޓީއޯ އަހުމަދު ޝަފީޒް އައްޔަނުކޮށްފި އެވެ.

އައިއެސްއެސްއޭ އަކީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކާއި, ސަރުކާރުތަކުގެ ޑިޕާޓްމަންޓްތަކާއި, އޭޖެންސީތައް ތަމްސީލުކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އެވެ.

ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ އައްޔަނުކުރީ އައިއެސްއެސްއޭގެ ސޯޝަލް ސެކިއުރިޓީ ޕޮލިސީ އެނަލައިސް އެންޑް ރިސާޗުގެ ޓެކްނިކަލް ކޮމިޝަނަށެވެ.

ޗީފް ޓެކްނޮލޮޖީ އޮފިސަރ ޝަފީޒް އައްޔަނުކުރީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޓެކްނިކަލް ކޮމިޝަނަށެވެ.

މީގެ 97 އަހަރު ކުރިން އުފެދުނު އައިއެސްއެސްއޭ ގައި ދުނިޔޭގެ 160 ގައުމެއް ތަމްސީލުކުރާ 320 މުއައްސަސާ ބައިވެރިވެ އެވެ. އައިއެސްއެސްއޭގެ މަގުސަދަކީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުން, އެ ހިދުމަތް އެންމެ މަތީ މިނުގައި ދޭން ބޭނުންވާ ނިޒާމުތަކާއި, ސިޔާސަތުތައް އެކުލަވާލަން އެހީތެރިވުމެވެ.