Media cover image

22-09-2024

ޕެންޝަން އޮފީހުގެ ފަރާތުން "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކާމިޔާބު ކަމާއެކު ބާއްވައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ މި ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ ވަޒީފާގެ މާހައުލުގައި ކުރިއަށް ދިއުމަށްޓަކައި ބޭނުންވާނެ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ ހުނަރު ފެތުރުމަށެވެ. އެގޮތުން މި ސެޝަނުގައި މަޝްވަރާ އަދި ހަރަކާތްތަކުގެ ތެރެއިން ކެރިއަރ ގައިޑެންސް، ސީވީ ތައްޔާރުކުރުން، ފައިނޭންޝަލް ލިޓްރަސީ އަދި ޕެންޝަނާ ގުޅޭ މުހިންމު މަޢުލޫމާތު ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމަކީ ޒުވާނުންނަށް ޕެންޝަނާއި، ފައިނޭންޝަލް ލިޓްރަސީ އާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store