Media cover image

30-07-2024

މޯލްޑިވްްސް ކަރެކްޝަނަލް ސާރވިސަސްގެ މުވައްޒަފުންނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.

ޖުލައި 23 އާއި 29 އާއި ދެމެދު ބޭއްވުނު މި ސެޝަންތައް އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަން ތަކުގައި މޯލްޑިވްްސް ކަރެކްޝަނަލް ސާރވިސަސްގެ އެކި ޑިޕާރޓްމަންޓްތަކުގެ 150 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ސެޝަން ތަކަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފެތުރުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.