Media cover image

16-07-2024

ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވިއްޖެއެވެ.

13 ޖުލައި 2024 ވަނަ ދުވަހު އިސްރަށްވެހިންގެ ނާދީގައި ބޭއްވުނު މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޕެންޝަން އޮފީހުގެ މުވައްޒަފުންގެ މެދުގައި ޕެންޝަން ނިޒާމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމުގައި ޕެންޝަން ފައިސާ އިންވެސްޓްކުރުމާއި ބެހޭ މަޢުލޫމާތުގެ އިތުރުން އެމް.އާރު.ޕީ.އެސްއާ ގުޅޭ ގޮތުން އޮޅުންއަރާ ބައެއް ކަންކަން ފަހަގަކޮށް އެކަންކަމާ ގުޅޭ ރަނގަޅު މައުލޫމާތު ހިއްސާކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތުދީ ޚިޔާލު ބަދަލުކުރެވުނެވެ. މީގެ އިތުރުން، ޕްރޮގްރާމުގެ ބައިވެރިން އިންވެސްޓްމަންޓާ ބެހޭ ކުއިޒެއްގައި ބައިވެރިވުމުގެ އިތުރުން، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ގްރޫޕް މަޝްވަރާތަކެއްވެސް ކުރިއަށް ގެންދިޔައެވެ.

މި ޕްރޮގްރާމަކީ ޕެންޝަން އޮފީހުގެ ފަރާތުން މުވައްޒަފުންގެ ޢިލްމާއި ފަންނީ ހުނަރު ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store