Media cover image

20-02-2025

ޕެންޝަން އޮފީހުގެ ފަރާތުން ޖީ.އައި.އެސް ކެރިއަރ ފެއަރ 2025 ގައި ބައިވެރިވެއްޖެއެވެ.

20 ފެބްރުވަރީ 2025 ވަނަ ދުވަހު ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށް ދިޔަ މި ފެއަރގައި ހުރި ޕެންޝަން އޮފީހުގެ ސްޓޯލަށް ޒިޔާރަތްކުރި ދަރިވަރުންނަށް ވަނީ ޕެންޝަން އޮފީހުގައި އެކި ދާއިރާތަކުން ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތަކާއި، އޮފީހުގެ މަސައްކަތު މާހައުލާއި ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ. މީގެ އިތުރުން މާލީ ދާއިރާގައި މަސައްކަތްކުރާނެ ގާބިލު ޒުވާނުން އުފެއްދުމުގެ އަމާޒުގައި ކުރިއަށް ގެންދާ ޕެންޝަން އޮފީސް ސްކޮލަރޝިޕް ޕްރޮގްރާމާއި ބެހޭ މައުލޫމާތު ވެސް ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައިވެއެވެ.

މި ފެއަރގައި ބައިވެރިވުމުގެ މަގުސަދަކީ އެކި ދާއިރާތަކުން ހުޅުވިފައިވާ ތަފާތު ފުރުސަތުތަކާއި ބެހޭ މައުލޫމާތާއި އިރުޝާދު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.