Media cover image

22-07-2024

ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމު ކުރަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 11 ވަނަ ފޯރަމް ބާއްވައިފިއެވެ. މި ފޯރަމަކީ މާލީ ދާއިރާގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ މުހިންމު ދާއިރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

22 ޖުލައި 2024 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި އަހަރުގެ ފޯރަމް ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމެވެ. މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ބޭންކްތަކާއި މާލީ ދާއިރާގެ އިސް ފަރާތްތަކާއި ތަޖުރިބާކާރުން ފޯރަމްގައި ބައިވެރިވެފައިވެއެވެ.

"ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި މައުޟޫއަށް ޚާއްސަ ކުރެވުނު މި ފޯރަމްގައި އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ޑިފައިންޑް ބެނެފިޓް ސްކީމްތަކުގެ ދެމެހެއްޓެނިވިކަމާއި، ދިގު މުއްދަތަކަށް ފައިދާހުރި ސްޓްރެޓެޖީތައް ފަދަ ދާއިރާތަކަށް ވަނީ އަލިއަޅުވާލެވިފައެވެ.

މިއަހަރުގެ ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ޑިޖިޓަލް ޕާރޓްނަރގެ ގޮތުގައި ދިރާގު، ކޯ-ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަދި އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މޮރިޝަސް ކޮމާރޝަލް ބޭންކް އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store