Media cover image

13-10-2024

ޒުވާނުންގެ މެދުގައި އިންވެސްޓްމަންޓާއި ގުޅޭ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޕެންޝަން އޮފީހުން ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ. "ނެކްސްޓްޖެން އިންވެސްޓަރސް ހޭންގްއައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ވަނީ 12 އޮކްޓޫބަރު 2024 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު މި އިވެންޓުގައި ވަނީ އިންވެސްޓްކުރުމާއި ވިޔަފާރިކުރުމާއި ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން އިވެންޓުގެ ބައިވެރިންނަށް އިންވެސްޓްމަންޓް ޕްރޮފެޝަނަލުންނާއި ޒުވާން ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިެގންގޮސްފައިވެއެވެ. މި މަޝްވަރާތަކުގައި އަލިއަޅުވާލެވުނު މުހިންމު މައުޟޫއުތަކުގެ ތެރޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ރިސްކް މެނޭޖްކުރުން އަދި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.

މި އިވެންޓަކީ ޕެންޝަން އޮފީހުގެ ފަރާތުން ޒުވާނުންގެ މެދުގައި އިންވެސްޓްކުރުމާއި މާލީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store