ޕެންޝަން އޮފީހުގެ އީދު ހަދިޔާ މިފަހަރު ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށް އީދުގެ ތަހުނިޔާއާއި އުފާވެރިކަން ގެނެސްދޭނެ ހަދިޔާއެއްގެ އިތުރުން އާއިލާ ނުވަތަ ރައްޓެހިންނާއެކު ކުޅެވޭނެ ކުޅިވަރެއްގެ ތެރެއިން ދިވެހި ރާއްޖޭގެ ޕެންޝަން ނިޒާމާ ގުޅޭ ބައެއް މުހިންމު މައުލޫމާތު ލިބިގެންދާ ގޮތަށެވެ. މި ހަދިޔާ ޕެކުގައި ހިމެނޭ ބުރަފަތިލަފުޒު ނިންމައި އޭގައި ދީފައިވާ އިރުޝާދާ އެެއްގަތަށް ޕެންޝަން އޮފީހަށް ޖަވާބު ފޮނުވާ ކުދިންގެ މެދުގައި ނެގޭ ގުރުއަތުން އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވެސް ލިބެގެންދާނެއެވެ. މިއީ އީދުގެ އުފާވެރި މުނާސަބާ ފާހަގަކުރުމުގެ އިތުރުން ފަހަށް ފައިސާރައްކާކުުރުމާއި ފައިނޭންޝަލް ލިޓްރަސީ ޕްރޮމޯޓް ކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ ބައެއް ވެސް މެއެވެ.
09-04-2024