Media cover image

20-05-2024

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން އިންތިޒާމް ކުރި އުފާ ފެސްޓިވަލްގައި ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކްގައި އޮތް މި ފެސްޓިވަލްގައި ހުރި ޕެންޝަން އޮފީހުގެ ސްޓޯލްގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް ފަރުމާ ކުރެވިފައިވާނީ ބައިވެރިންނަށް އުފާވެރި އަދި މަޖާ މާހައުލެއްގައި މާލީ ކަންތައްތަކާައި ބެހޭ މައުލޫމާތު ލިބިގެން ދާނެ ގޮތަށެވެ. ސްޓޯލްގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ގޭމް ޒޯން، ފޮޓޯ ބޫތް އަދި ފައިނޭންޝަލް ލިޓްރަސީ ކުއިޒް ހިމެނެއެވެ.

މި ހަރަކާތްތަކަކީ ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރު ކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކެކެވެ.