Media cover image

08-07-2024

ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 11 ވަނަ ފޯރަމް 22 ޖުލައި 2024 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ފަރާތްތަކުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، ތަޖުރިބާތައް ހިއްސާކުރުމަށް މަގުސަދުގައި ޕެންޝަން އޮފީހުން އިންތިޒާމު ކުރާ ފޯރަމެކެވެ.

"ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި މައުޟޫއަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފޯރަމްގައި އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ޑިފައިންޑް ބެނެފިޓް ސްކީމްތަކުގެ ދެމެހެއްޓެނިވިކަމާއި، ދިގު މުއްދަތަކަށް ފައިދާހުރި ސްޓްރެޓެޖީތައް ފަދަ ދާއިރާތަކަށް އަލިއަޅުވާލެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފައިނޭންސް ފޯރަމްގެ ވެބްސައިޓަށް ޒިޔާރަތްކުރެއްވުން އެދެމެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store