Media cover image

16-01-2025

ޕެންޝަން އޮފީހުން އިސްނަގައިގެން ހިންގާ "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ބައެއް ސެޝަންތައް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ބޭއްވިއްޖެއެވެ.

ޖަނަވަރީ މަހުގެ 13 އިން 15 އަށް ގެންދެވުނު މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، ވަޒީފާގެ ދާއިރާގައި ކުރިއެރުން ހޯދުމަށް ބޭނުންވާ އަގުހުރި މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. މިގޮތުން، ބައިވެރިންނަށް ކެރިއަރ ގައިޑަންސް ފޯރުކޮށްދިނުމާއި، ވަނަވަރު ތައްޔާރުކުރުމާއި، މާލީ ހޭލުންތެރިކަމާއި، އަދި ޕެންޝަނާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މިކަންކަން ކުރިއަށް ގެންދެވުނީ އެކި ބާވަތުގެ މަޝްވަރާތަކާއި ޢަމަލީ ހަރަކާތްތަކުގެ ތެރެއިންނެވެ.

"ކެރިއަރ ކޮމްޕަސް" އަކީ ޕެންޝަން އޮފީހުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް މާލީ ހޭލުންތެރިކަމާއި، ޕެންޝަނާއި، އަދި ޕްރޮފެޝަނަލް ޑިވަލޮޕްމަންޓާއި ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދެއެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store