އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމުގެ ދަށުން ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީންދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ.
އަހަރަކު އެއްފަހަރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ މިޕްރޮގްރާމުގެ ދަށުން މިއަހަރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 23 ޖުލައި 2026 ގެ 16:00 އެވެ. މި ޕްރޮގްރާމުގެ ދަށުން ހަރަކާތްތަކަށް 200،000 ރ. އާ ހަަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު މި ލިންކް މެދުވެރިކޮށް ލިބިވަޑައިގަންވާނެއެވެ.
