Media cover image

30-12-2024

އުމުރުން ދުވަސްވީ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް ހުނަރުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ޕެންޝަން އޮފީހުގެ ފަރާތުން "ޑިޖިޓަލް މަންސައިގައި ހޭލުންތެރި އިސްރަށްވެހިން" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން 30 ޑިސެންބަރު 2024 ވަނަ ދުވަހު، އިސްރަށްވެހިންގެ ނާދީގައި ޑިޖިޓަލް ހުނަރުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައެވެ. އެގޮތުން ސެޝަންގައި އިންޓަރނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރުމުގެ އުކުޅުތަކާއި، މުހިންމު ބޭނުންތައް ފުއްދުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތަކަށް އަލިއަޅުވައިލެވުނެވެ.

މި ޕްރޮގްރާމް ހިމެނެނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ޑިޖިޓަލް ލިޓްރަސީ އިތުރުކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.