Media cover image

14-02-2024

ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް 'ޑޯނަޓްސް އެންޑް ފައިނޭންސް' ގެ 2024 ވަނަ އަހަރުގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާ އެކު ބާއްވައިފި އެވެ.

އުމުރުން 14-16 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން މީރުމާ ގައި ފެބްރުއަރީ 3 ގައި ބޭއްވި މި އިވެންޓުގައި ވަނީ ތަފާތު ހަރަކާތްތަކާއި ، ކުޅިވަރު އަދި މަޝްވަރާތަކުގެ ތެރެއިން ފައިނޭންޝަލް ލިޓްރަސީ އަށް ކުދިން އަހުލުވެރިކޮށްދީފަ އެވެ. އެގޮތުން އަސާސީ މާލީ މައުލޫމާތުތައް ކަމަށްވާ އާމްދަނީ ހޯދުމާއި ، ފަހަށް ފައިސާ ރައްކާކުރުމާއި ، އިންވެސްޓް ކުރުމާއި ، ދަރަންޏަށް ހޭލުންތެރިވުމާއި ، ފައިސާ ގެންގުޅުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި ، މުޖުތަމައުގެ ރައްކާތެރިކަމާއި ކުރިއެރުމަށް ހޭދަކުރުން ފަދަ މައުލޫމާތު ފޯރުކޮށްދިނެވެ.

ޖުމްލަ 18 ކުދިން ބައިވެރިވި މި އިވެންޓް ފެސިލިޓޭޓްކޮށްދީފައިވަނީ ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް އަދި ފައިނޭންސް ދާއިރާގެ މުވައްޒަފުންނެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ މާލީ ކަންކަމުގައި ރަނގަޅުން ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތާއި އިލްމު އަދި ވަސީލަތްތައް ދަރިވަރުންނާއި ޒުވާނުންނަށް ފޯރުކޮށްދީ އިގުތިސާދީ ގޮތުން ފުދުންތެރި މުސްތަގުބަލަކަށް މަގުފަހިކޮށްދޭނެ ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store