ޕެންޝަން އޮފީސް މެދުވެރިކޮށް ފޯރުކޮށްދޭ ޕެންޝަނާއި އިނާޔަތްތައް ޕެންޝަނަރުންނަށް ފޯރުކޮށްދިނުމަށް ހެދިފައިވާ ނިޒާމަކީ ފަސޭހަކަމާއެކު ކަނޑައެޅިފައިވާ ވަގުތަށް ޕެންޝަން ފައިސާ އޭގެ ހައްގުވެިރންނަށް ރައްދުކޮށްދިނުމަށްޓަކައި ރާވައި ހިންގާ ނިޒާމެކެވެ.

މި ނިޒާމުގެ ތެރެއިން ޕެންޝަނާއި އިނާޔަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކާއި ، މަރުހަލާތަކާއި ، އެކަމަށް ހިނގާނެ ވަގުތާއި ، ވަކިވަކި މަސައްކަތްތައް ކުރާނެ ގޮތްތައް ތާވަލުކޮށްގެންނެވެ. މީގެ ބޭނުމަކީ ޕެންޝަން ނުވަތަ އިނާޔަތްތައް ލިބެންޖެހޭ ފަރާތްތަކަށް ކަނޑައެޅޭ ތާރީޚާއި ވަގުތަށް ޚިދުމަތް ލިބޭނެ މަގުފަހިކުރުމެވެ.

މިނިޒާމު ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ދައުރުވެސް ބޮޑެވެ. އެގޮތުން ޕެންޝަން ނުވަތަ އިނާޔަތް ލިބިގަތުމަށް ހުށަހަޅަންޖެހޭ ފޯމު ވަގުތަށް ހުށަހެޅުމާއި ، ޕެންޝަނަރާ ގުޅޭ އަސާސީ މައުލޫމާތާއި ޕެންޝަން ފައިސާ ޖަމާކުރެވޭ އެކައުންޓް ފަދަ އެއްވެސް މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އެކަން ލަސްނުކޮށް ޕެންޝަން އޮފީހަށް ހުށަހެޅުމަކީ ޕެންޝަން ލިބުމުގައި ދިމާވެދާނެ ދަތި ތަކާއި ޕެންޝަން ފައިސާ ޖަމާވުން ލަސްވުން ނުވަތަ މެދުކެނޑުން ފަދަ ކަންކަން ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކެވެ.

ޕެންޝަން އެޕްލިކޭޝަން ބަލައިގަތުމާއި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store